ހެނދުނު ހަތެއްޖެހީ ކަތީބާއި އޮފީހުގެ އެހެން ހަތަރު މަވައްޒަފުންގެ އިތުރުން އަޅުގަނޑާއި ސްކޫލުގެ ޕްރިންސިޕަލް ފުރަން ފާލަންމައްޗަށް އަރާތިއްބައެވެ. 1424 ވަނައަހަރުގެ ގައުމީދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ދުވަހުގެ އަބްޠާލުން އެރަށަކަށް ނިސްބަތްވާ ހއ.އުތީމުގައި އެ އަބްޠާލުންގެ ޛިކުރާ އައުކުރުމުގެ ގޮތުން ބާއްވާ ޙާއްޞަ ޖަލްސާއަކަށް ދިއުމަށް ފުރަން ފާލަން މައްޗަށް އަރައެވެ.